ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެ ފަޑިޔާރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ހުށަހަޅައި ހޮޅުދޫ ދާއިރާއިރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް އެ ދެ ފަޑިޔާރުންގެ ވެސް ހަމަވާކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

” ގާނޫނީ މަސައްކަތް ކުރާނެ ގާނޫނީ ވަކީލުން އަދި ފަޑިޔާރުން ވެސް. އެހެންވީމަ އެއީ ޝަރުތު ހަމަނުވާނެ ޖާގައެއް އޮތް ކަމެއް ކަމަށް ގަބޫލެއް ނުކުރަން. ދެލިގަނޑުގެ މާނައެއް ނޫން. މަގްސަދަށް ވެސް ވިސްނަންޖެހޭ.” އަބްދުއްސައްތާރު ވިދާޅުވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ފަޑިޔާރު ކަމަށް އެކަށީގެންވާ ތައުލީމީ ގާބިލް ބޭފުޅުންކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

އަބްދުއްސައްތާރުގެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރް ތާއީދުކުރެއްވެވިއެވެ. އަދި އެހެން ހުށަހެޅުމެއް ހުށަނާޅާތީ މިއަދު ކޮމިޓީ ޖަލްސާގައި ވަނީ ގޮތެއް ނިންމުމަށް ވޯޓަށް އަހާފައެވެ.

އެ ދެ ފަޑިޔާރުންނަށް ރުހުން ދިނުމަށް ކޮމިޓީއިން ނިންމީ ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.

ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

112

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

112

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

398785 939f3473 1

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

TTH_advertisement ELL Mobile Advertisement