ކުއްލި ޚަބަރު

ހަފްތާ ބަންދުގައި މޫސުން އޮތީ ވަރަށްގޯސްކޮށް، ސަމާލުވޭ!

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ސެޕްޓެމްބަރު ބާއްވަނީ

627

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ސެޕްޓެމްބަރު ބާއްވަން ނިންމައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ މުބާރާތް ފަށަން ތާވަލުކުރީ ސެޕްޓެމްބަރު 18 ގައި ކަމަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މުބާރާތް ކުރިއަށް ގެންދާނީ ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެ އެވެ. އަމިއްލަ ގޮތުން ވެސް ބައިވެރިވެވޭއިރު އެ ބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެ އެވެ.

މުއައްސަސާތަކުގައި ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައި ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.

މި މުބާރާތް ބާއްވަމުން އަންނަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި ހިމެނޭ ގޮތަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ގަދަ ތިނެއް ވެސްއް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ޖޫން 30 އިން ޖުލައި 7 އަށެވެ. އެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ. މުބާރާތުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލަކުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރި 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މުބާރާތުގައި ހާފިޒުންގެ ބައިން 15 މީހަކު ވެސް ވާދަކުރި އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ހުޅުވައިލާނެ އިރެއް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އަދި ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ut

ވަޒީރު ޒަމީރު އޭއައިއައިބީގެ ރައީސްއާ ބައްދަލުކުރައްވައިފި

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ 3 ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފި

ELL Mobile Advertisement TTH_advertisement