ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޞިއްޙީ ދާއިރާއިން 4000 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ދަނީ ކުރިއަށް: ރައީސް

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތުވެސް 4 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަގުގެ މަޝްރޫޢުތައް ހިނގަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ، އެމަނިކުފާނު ޙައްޖު ދަތުރުފުޅަށް ވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމާއި، އެތަންތަނުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ކުރިއަށެވެ. މީގެ އިތުރުން، ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވައެވެ.

ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރެއިން ދެވަނައަށް އިސްކަންދެއްވާ ސިޔާސަތުކަމަށެވެ. އެހެންކަމުން، މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަގުގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، އަތޮޅުތެރޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުގެ އަމާޒަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށް ގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް، ރަނގަޅު ފެންވަރަށް ޤާއިމްކުރަމުން ގެންދަނީއެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅުކުރަމުން ގެންދަނީއެވެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން، މިހާތަނަށް އައިއިރު މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ޞިއްޙީ ދާއިރާއިން ހަމަޖައްސާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް