ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖާހު ފްލެޓްތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާ ނުނިމި ހުރި “ދަ ގާޑަންސް” ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

ޖާހު ކުންފުންޏާ ހަވާލުކޮށްފައިވާ ދަ ގާޑަންސްގެ އެއްބަސްވުން ބާތިލުކޮށް އާރްސީސީއާ އެޗްޑީސީން ހަވާލުކުރީ އެތަން ނިންމަން އެތައް ފުރުސަތެއް ދިނުމުންވެސް މަސައްކަތް ނުހިނގާތީއެވެ. އެއްބަސްވުން ބާތިލުކުރުމުން ވެސް ޖާހު ކުންފުނިން ވަނީ ބިން ހަވާލުކުރަން ދެކޮޅު ހަދައި، ކޯޓަށް ގޮސްފައެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހު ކުންފުނިން އެދުނު ގޮތަށް ވަގުތީ އަމުރެއް ކޯޓުން ދީފައެއް ނުވެއެވެ.

“ދަ ގާޑަންސް” ލަގްޒަރީ ހައުސިން ޕްރޮޖެކްޓްގައި 83 އެޕަރޓްމަންޓް ހިމެނެއެވެ. އެއީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ޖާހު ކުންފުންޏާ ހަވާލުކޮށްގެން މިޕްރޮޖެކްޓްގެ މަސައްކަތް ފެށީ 2017ވަނަ އަހަރެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވެ، އިތުރު ފުރުޞަތު ދިނުމަށް ފަހުގައިވެސް މިހާތަނަށް މިޕްރޮޖެކްޓް ފުރިހަމަކޮށްފައެއް ނުވެއެވެ.

“ދަ ގާޑަންސް” ޕްރޮޖެކްޓްގައި ހިމެނޭ އެޕަރޓްމަންޓްތައް ވިއްކާ، އަދި އެތަންތަން ގަތް މީހުން ވަނީ ފައިސާވެސް ދައްކާފައެވެ. އަދި މަސައްކަތްތައް ލަސްވުމުގެ ޝަކުވާއާއި ކަންބޮޑުވުން އެ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

އެޗްޑީސީން 2023 ވަނަ އަހަރު ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި