ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިންގެ ކަންކަން ފުރިހަމަކޮށްދޭން އިސްކަންދެން: ރައީސް

45666666666666666666666666

ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާވެސް ބޮޑަށް ފުރިހަމަކޮށްދޭން އިސްކަންދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސައުދީ ސަރުކާރުގެ ނިންމުމުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ވަރަށް ބޮޑު ލުއިތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި މިއީ ދިވެހި ހައްޖާޖީންނަށް ތާރީހީ އަހަރެއް ކަމަށެވެ. މި އިންތިޒާމު ހަމަޖައްސަވައިދެއްވުމުން ރައީސް ވަނީ ސައޫދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު ދަންނަވާފަ އެވެ.

ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ބޮޑަށް ފުރިހަމަ ކޮށްދޭން ކަމަށާއި އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން 1،000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ. އެގޮތުން ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ބުނެ އެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން