ކުއްލި ޚަބަރު

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅިފަޅުން ދޫކުރި ގޯތީގެ ލޮކޭޝަނަށް އައި ބަދަލު އާންމުކޮށްފި

ގޔ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައިސްފައިވާ ބަދަލުތައް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލް ހިމެނޭ ލިސްޓެއް މިހާރު އާންމުކޮށްފައިވެއެވެ. މި ލިސްޓުން ގޯތި ލިބޭ ފަރާތްތަކަށް އެމީހުންގެ ގޯތީގެ އައު ލޮކޭޝަން ދެނެގަނެވޭނެއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން، އެ ޕްލޭން އަލުން ދިރާސާކުރުމަށްފަހު، ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް މި މަހުގެ 15 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ކުރީގެ ލޭންޑް ޔޫސް ޕްލޭންގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތްކަން ފާހަގަކުރެވުނެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން، ގޯތީގެ ގުރުވެސް އަލުން ނަގާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން، ބައެއް ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާނެ ކަމަށް ބެލެވެއެވެ.

ގޯތި ލިބޭ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓަށް ނުވަތަ އެ މިނިސްޓްރީގެ ކގެ ކަސްޓަމަރ ސަރވިސް ޑެސްކަށް ގުޅުމަށް އިރުޝާދު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 09 07 at 19.33.36

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

11
11

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

11

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ELL Mobile Advertisement TTH_advertisement