ކުއްލި ޚަބަރު

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި

އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. މި އެމްބަސީ ޤާއިމުކުރީ ހޮޓެލް ޖެންގައެވެ.

އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައި އޮތް ތާރީޚީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮސްޓްރޭލިޔާގެ އެންބަސީއެއް ޤާއިމުވުމަކީ މިގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.

“ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިވަމުންދޭ. މެރިޓައިމް ސެކިޔުރިޓީއާއި ތަޢުލީމާއި ޞިއްހީ ދާއިރާއިން އޮސްޓްރޭލިޔާއިން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއްވަމުން.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން 2 ޤައުމަށްވެސް ކުރިއެރުމާއި ފާގަތިކަމާއި އުފާވެރިކަމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ޤާއިމުވުމަކީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. ތަޢުލީމާއި މީހުން ތަމްރީންކުރުމުގެ ދާއިރާއިން އޮސްޓްރޭލިޔާއިން ގިނަ އެހީތަކެއްވެދީފައިވާކަން ފާހަގަކުރައްވައި، މާލްސް ވިދާޅުވީ ދިފާޢީ ދާއިރާއިންވެސް 2 ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށެވެ.

އޮސްޓްރޭލިޔާގެ ދިފާޢީ ވަޒީރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިޔާގެ ރޯޔަލް ނޭވީގެ ފަރާތުން ތަމްރީންވުމުގެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ކުރިއަށް އޮތްތަނުގައި އޮސްޓްރޭލިޔަން ނޭވީއާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއެކު ގުޅުން ވަރުގަދަކުރެވޭނެ. އަދި ދިފާޢީ ދާއިރާއިންވެސް ދިވެހިން ތަމްރީންކުރެވޭނެ.” އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވަނީ ދެޤައުމުގެ ގުޅުމުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް ވެދީފައިވާ ބައެއް އެހީތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން މިހާތަނަށް 700 އަށްވުރެ ގިނަ ދިވެހިން އޮސްޓްރޭލިޔާއިން ތަމްރީންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މިހާރު ދައުލަތުގެ އިސް މަޤާމުތަކާއި ސިޔާސީ އިސްވެރިންގެ ގޮތުގައި ތިއްބެވި ގިނަ ބަޔަކު ހިމެނިވަޑައިގަންނަވާކަމަށް ސަފީރު ވިދާޅުވިއެވެ.

“ޢާންމުކޮށް ރާއްޖެއަށް އެހީވެފައިވާ ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވުމަށް ދޮރު ހުޅުވޭނެ. އަދި ދިވެހި ސަރުކާރާއި ވަރަށް ގާތުން ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ފެށޭނެ.” ސަފީރު ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުއެވެ. މި ގުޅުމަށް މިހާރު މިވަނީ 50 އަށްވުރެ ގިނަ އަހަރުވެފައެވެ.

ގުޅުންހުރި

55917c21 ab84 496c 93cc b27f1a36f6ca

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

B 202506170815591750173359.2312

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

TTH_advertisement ELL Mobile Advertisement