ކުއްލި ޚަބަރު

ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއަށް ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރައްވައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އިންސާނީ އެހީ ހޯދަން ގޮސްތިބި 75 މީހަކު މިހާތަނަށް ޝަހީދުކޮށްލައިފި: ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތު

އިންސާނީ އެހީ ހޯދަން ގޮސް ތިއްބައި ޒަޔަނިސްޓު ސިފައިން ހަމަލާދީ ޝަހީދުކޮށްލި މީހުންގެ އަދަދު 75 އަށް އަރާފައިވާ ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން މިއަދު ހާމަކުރި އަދަދުތަކުގައި ބުނެފައިވަނީ، އިއްޔެ ޝަހީދުކޮށްލި 35 މީހުންނާއި، މިއަދު ހެނދުނު ހަމަލާދީ ޝަހީދުކޮށްލި ތިން މީހުންނާއެކު، ޖުމްލަ އަދަދު 75 އަށް އަރާފައިވާ ކަމަށެވެ.

އަދި އިންސާނީ އެހީ ހޯދަން، އެހީ ބަހާ ޕޮއިންޓްތަކަށް ގޮސްތިބި މީހުންނަށް ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 400 އިން މައްޗަށް އަރާފައިވާ ކަމަށްވެސް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައި ވެއެވެ.

ޣައްޒާގައި އިންސާނީ އެހީގެ ސާމާނު ބަހަމުންގެންދަނީ އެމެރިކާއާއި އިސްރާއީލުން ރުހުންދީގެން އުފައްދައިގެން އުޅޭ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ނަމަކަށްކިޔާ ގްރޫޕަކުންނެވެ.

ޣައްޒާގެ އާންމުން އެހީގެ ސާމާނު ހޯދަން ޖަމާވަނީ މި ގްރޫޕުން ޣައްޒާ ތެރޭގައި ހަދައިގެންއުޅޭ ޕޮއިންޓްތަކަށެވެ. އެ ތަންތަނުގައި ޒަޔަނިސްޓު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވެއެވެ.

އިންސާނީ އެހީ، ނުވަތަ ކާނޭ އެއްޗެއް ހޯދަން ގޮސްތިއްބައި، ޒަޔަނިސްޓުން އިއްޔެ 31 މީހުން ޝަހީދުކޮށްލީ ރަފަހުންނެވެ. އަނެއް ހަތަރު މީހުން ޝަހީދުކޮށްލީ ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުންނެވެ.

އޭގެކުރިންވެސް، އެހީ ހޯދަން ގޮސްތިބި މީހުންގެ ގަޔަށް ބަޑިޖަހައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

އިންސާނީ އެހީއަށް އެދި އެއްވެސް ތިބޭ އާންމުންނަށް ހަމަލާދިނުމަކީ މުޅި ދުނިޔޭގައި ގާނޫނީ ބޮޑު ކުށަކަށްވާތީ، އިއްޔެ ހަމަލާތަކުގެ ވާހަކަތައް މީޑިއާގައި ފެތުރޭން ފެށުމުން ޒަޔަނިސްޓުން އަވަސް އަރުވައި އެ ވާހަކަތައް ދޮގުކޮށްފައި ވެއެވެ.

ނަމަވެސް، ޣައްޒާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން އިއްޔެގެ ހަމަލާތަކުގެ ވީޑިއޯތަކާއި، ފޮޓޯތައް އާންމުކުރުމުން ޒަޔަނިސްޓުންގެ ދޮގުތައް ފަޅާއަރައި، މުޅި ދުނިޔެއަށް ވަނީ ބޭޒާރުވެފައެވެ.

ޒަޔަނިސްޓު އަސްކަރިއްޔާއިން ފުރަތަމަ ބުނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ފަހުން ބުނީ، ކަމެއް ހާދިސާއެއް ހިނގި ކަމަށާއި، ނަމަވެސް ސިފައިންގެ ބައިވެރިވުމެއް އެކަމުގައި ނުވާ ކަމަށެވެ. އޭގެފަހުން ބުނެފައިވަނީ އިންޒާރު ދިނުމުގެގޮތުން ސިފައިން ވައިގެ ތެރެއަށް ބަޑިޖެހި ކަމަށެވެ. މީހަކަށް ކަމެއްނުވާ ކަމަށެވެ.

އެކަމަކު، ޝަހީދުވެގެންނާއި، ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް އެންމެންގެ ގަޔަށް ހުރީ ސީދާ ބަޑިން ހަމަލާ ދީފައެވެ.

ފަހުން ބުނީ، އާންމުންގެ ގަޔަށް ބަޑިޖެހީ ހަމާސްއިން ކަމަށެވެ. އެކަމަކު، އާންމުގެ ގަޔަށް ބަޑިޖެހީ އިސްރާއީލުންކަން ކަށަވަރުވާ ހެކި، ޣައްޒާގެ އެކިއެކި ވަސީލަތްތަކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު

ގައުމީ އެއާލައިންގެ ފަސްވަނަ އޭޓީއާރް ރާއްޖެ އައުމުގެ ދަތުރު ފަށައިފި

އައިސީސީގެ ހަތަރު ފަނޑިޔާރުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

TTH_advertisement ELL Mobile Advertisement