ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

“ވޯލްޑް އެމަރޖަންސީ މެޑިސިން ޑޭ” ފަން ފެއަރ ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ

ދުނިޔޭގެ އެމަރޖަންސީ ފަރުވާގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ހަރަކާތް “ވޯލްޑް އެމަރޖަންސީ މެޑިސިން ޑޭ، ފަން ފެއަރ” ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ރުއްގަނޑު 1 ގައި ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މިގޮތުން ފަސްޓް އެއިޑް އަދި ސީ.ޕީ.އާރު ފަރުވާއާ ބެހޭ މުހިއްމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން އަލްޓްރާސައުންޑް ސްކޭން ކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައިދިނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އެކި ބާވަތުގެ އެމަރޖަންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އެފަދަ ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ ހަރަކާތްތައް މެދުވެރިކޮށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދާކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

މި ކާމިޔާބު ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ

TTH_advertisement