ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އަންހެނުންނަށް ހާއްސަ ލޯން ސްކީމް ހުޅުވާލަނީ

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ވިޔަފާރީގައި ކާމިޔާބު އަންހެނުން އުފެއްދުމަށް ސަރުކާރުން މިދިޔަ އަހަރު ފެށި “ފަށާ މަދަދު ލޯނު” ސްކީމްގެ ދެވަނަ ފިޔަވަހި ޖޫން 15 ވަނަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

ފަށާ މަދަދު ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެންނެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނީ އެ ފުރުސަތު ޖޫން 15 ދުވަހު ހުޅުވާލުމާއެކު، އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާނެ ކަމަށެވެ.

ލޯން ސްކީމްގެ ދަށުން 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ސްކީމްގެ 5 ފިޔަވަހި ހިމެނެއެވެ. ފުރަތަމަ ފިޔަވަހި ހުޅުވާލީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެފަހަރު 60 މީހަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިދިޔަ އަހަރު 16 އަތޮޅަކަށް 14 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ކޮންމެ ފިޔަވައްސެއްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 20 މިލިއަން ރުފިޔާ ކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.

ލޯނުގެ 25 އިންސައްތަ ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ލޯނު ދޫކުރަނީ އަހަރަކު 6 އިންސައްތައިގެ ރޭޓެއްގައި ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. ލޯނު އަނބުރާ ދައްކަން ހަމަޖައްސާފައިވަނީ 7 އަހަރު ދުވަހެވެ. ލޯނުގެ ގޮތުގައި 100،000 އިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

“ފަށާ މަދަދު ލޯނު” ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އިދާރާތަކަށް ގުޅިގެން ހުޅުވާލި ފުރުސަތެކެވެ. ލޯނު ސްކީމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ލޯނު ނެގުމަށް ދަތިވާ އަންހެނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

sdfc

އެސްޑީއެފްސީ އިން އަންހެނުންނަށް ޙާއްސަ ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

sdfc

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

Dd

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

TTH_advertisement