ކުއްލި ޚަބަރު

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

ސައިބަރ ހަމަލާތަކާ ދެކޮޅަށް ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ: އިޙްސާން

ސައިބަރ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އޭޝިޔާ ޕެސިފިކް ރީޖަންގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.

އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ތެރެއިން ފަސޭހަވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް ޓެކްނޮލޮޖީގެ ވަޞީލަތްތައް ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދިނުމަށް އަދުގެ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު މިހާރު އިފްތިތާޙުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ޑިޖިޓަލް ފަސްޓް ނޭޝަން” ސިޔާސަތު ވަނީ މިދިޔަ މަހު އިފްތިތާޙުކޮށްފައި. “މޯލްޑިވްސް 2.0″އަކީ ރައީސްގެ އަމާޒުކަމުގައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަށް ސަރުކާރުން ދޭ ޚިދުމަތްތަކާއި އިޤުތިޞާދީ ކުރިއެރުމާއި ޢާންމު ޚިދުމަތްތަކާއި ފުރުޞަތުތަކާއި މުހިންމު މަޢުލޫމާތު ޑިޖިޓަލް ވަޞީލަތްތަކުގެ އެހީތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މި ކަންކަން ފަހިކުރުމުގައި ކޮންމެ ޤައުމަކަށްވެސް މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްނޮލޮޖީގެ ބޭނުން ބައެއް މީހުން ނަހަމަގޮތުގައި ހިފުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ގޮތުން ސައިބަރ ކުށްތައްކޮށް، އެތައް ބައެއްގެ ފައިސާއާއި ކުންފުނިތަކުގެ މުހިންމު މަޢުލޫމާތު އަތުލައި، ނަހަމަ ކަންކަން ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

އޭޝިޔާ ޕެސިފިކް ޓެލްކޮމިޔުނިޓީ، އޭޕީޓީއަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެންބަރަކަށް ރާއްޖެވީ 1980 ވަނަ އަހަރުއެވެ.

ގުޅުންހުރި

55917c21 ab84 496c 93cc b27f1a36f6ca

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

B 202506170815591750173359.2312

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

TTH_advertisement ELL Mobile Advertisement