ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާވެހި ލޯނު ސްކީމަށް ހުށަހެޅީ 2256 ފޯމް

ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕ

ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާ ހިޔާވެހި ސްކީމަށް 2256 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަރުކާރުން 5 ނޮވެމްބަރު 2024 ގައި އިޢުލާނުކުރި ހިޔާވަހި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ދީފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުދި ރަށްތަކަށް ޚާއްޞަ “ރަށްވެހި” ސްކީމަށް 1329 ފޯމު
  • އަރބަން ސެންޓަރުތަކަށް ޚާއްޞަ “ސަހަރު” ސްކީމަށް 586 ފޯމު
  • ފުރަމާލެއަށް ޚާއްޞަކޮށްފައިވާ “ފަހިމާލެ” ސްކީމަށް 341 ފޯމު

ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 3 މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެއެވެ. އަދި މި ސްކީމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި 1 ބިލިއިލިއަން ރުފިޔާ ޚާއްޞަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ސްކީމަށް ސަރުކާރުން 1 ބިލިއަން ރުފިޔާ ބޭންކުތަކަށް އިންވެސްޓް ކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިއަނާ ހަމައަށް ލޯނު ދޭނެއެވެ. މި ސްކީމްގެ ތެރެއިން، މުޅިން އަލަށް ގެދޮރު އިމާރާތްކުރާ މީހުންނަށާއި، ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު