ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ގްރޭންޑް ހައްޖު ސިމްޕޯޒިއަމް ސަޢުދީ އަރަބިއާގައި ފަށައިފި

39

ސަޢުދީ ޢަރަބިއްޔާގައި 48 ވަނަ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ. މި ސިމްޕޯޒިއަމްގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއިން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އުސާމް މުޙައްމަދެވެ.

މި ސިމްޕޯޒިއަމްގައި މީޑިއާތަކަށް ޚާއްސަ ކޮށްގެން މީޑިއާ އެވެއާނަސް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަ ކޮށްގެން ހެލްތު ވޯކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ސަޢުދީ އަރަބިއާގައި ބާއްވަން ފެށީ 1977 ވަނަ އަހަރުއެވެ. މި ސިމްޕޯޒިއަމް ކުރިއަށްގެންދަނީ ސަޢުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ އިންނެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖޭގެ 1000 ޙައްޖާޖީން މިހާރު ވަނީ ސަޢުދީ އަރަބިއާއަށް ގޮސްފައެވެ. އެންމެ ފަހު ގްރޫޕް ސަޢުދީ އަރަބިއާއަށް ދިޔައީ ހުކުރު ދުވަހުއެވެ.

ރާއްޖޭން މިފަހަރު ޙައްޖުގެ ކަންކަން ކުރަނީ މިއިން ދުވަހަކުވެސް ދިވެހިންނަށް ލިބިފައިނުވާ ލުއިފަސޭހަތަކާއެކުއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ގިނަ ފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއާއަށް ދިއުމަށްފަހު އެއަރޕޯޓްގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ އެއަރޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން މަޝްވަރާކޮށްފި

3

ހައްޖާއި އުމްރާއާ ގުޅޭ ޚާއްސަ އެޕެއް ނެރެފި

ޙައްޖު 2025: 10ން 4 އަކަށް ޙައްޖުވެރިން ފޭލިގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފި

2333333333333333333333

ދިވެހި ހައްޖުވެރިން މިނާއަށް ދާން ދަތުރު ފަށައިފި

TTH_advertisement