ކުއްލި ޚަބަރު

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

ކަރަންޓް ކެނޑުން ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވައިފި

ފފފފފފފފފފފފފފފފފފފފފފފފފފ

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ދެއްވައިފިއެވެ.

މިއަދު މެންދުރު 12:45 ހާއިރު މުޅި މާލެ އާއި ހުޅުމާލެ އިން ކަރަން ކެނޑިފައިވެއެވެ. ކަރަންޓް ލިބެން ފެށީ ހަވީރު ވީ ފަހުންނެވެ. އެއްކޮށް ކަރަންޓް ދެވުނީ އިރުއޮއްސުނުފަހުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ފަހުމީ ވަނީ ކަރަންޓު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

“މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،” ފަހުމީ ވިދާޅުވިއެވެ.

ކަރަންޓް ކެނޑި ގިނައިރުތަކެއް ވުމުން ފަހުމީ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

ފަހުމީ ވިދާޅުވީ މުޅި މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B pui41eu8ifqyznhtro4ldenx8

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާއަޅައިފި

11

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

11

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްކަމުގައި ކަނޑައަޅައިފި

ELL Mobile Advertisement TTH_advertisement