ކުއްލި ޚަބަރު

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް، ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި

އުކުޅަހުގައި ރޭ ޒަޚަމްވި މީހާ މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދެނީ

ފެން ބަރުކޮށްގެން ދަނިކޮށް ކުޅުދުއްފުށީ ފަރަށް އެރި ބޯޓް ފުންކޮށްފި

ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު: ހައްޖު މިޝަން

329

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1،000 ޙައްޖާޖީން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ބުނެފި އެވެ.

ހައްޖު މިޝަން އިން ބުނީ ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިތްހަމަޖެހުން ޙައްޖުވެރިން ފާހަގަކޮށްފައިވާ ކަމަށް ހައްޖު މިޝަނުން ބުނެ އެވެ.

ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން އަންނަނީ ކުރަމުންނެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

maldivian

މޯލްޑިވިއަން އިން ދަތުރުކުރާ ފަތުރުވެރިންނަށް އެފް.އައި.ޓީ ޓިކެޓްތަކުގެ އަގު ކުޑަކުރަނީ

Rasfannu

ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެ

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް، ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި

ELL Mobile Advertisement TTH_advertisement