ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ކަރަންޓްގެ އަގު ހެޔޮކުރަން ގެންނެވި ބަދަލު ދެމެހެއްޓެނިވިގޮތެއްގައި ތަންފީޒު ކުރާނަން: ރައީސް

374692 2c75fda5 d

ކަރަންޓުގެ އަގުތަކަށް ގެންނެވި ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރޭ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ 19.3 އިންސައްތަ ކަސްޓަމަރުންނަކީ 100 ޔުނިޓަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެ ބޭންޑުތަކުގެ އަގު 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101 އިން 400 ޔުނިޓާ ދެމެދުގެ ބޭންޑުކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50 ރުފިޔާއަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

“މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރު,” ރައީސް ވިދާޅުވިއެވެ. “ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ.”
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން ވަރަށް ބޮޑު އިންވެސްޓެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، 2028އާ ހަމައަށްދާއިރު ޓާގެޓަކީ ރާއްޖޭގެ ހަކަތައިގެ %30 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުން ކަމަށާއި ސްޓެލްކޯއާ ފެނަކަ ހަރުދަނާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.

“ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން. އަޅުގަނޑު މިނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން އަތްފޯރާފަށުގައި ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އެކަން މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރާނެ. ސްޓޭލްކޯގެ އެފިޝަންސީ ރަނގަޅު ކުރަންޖެހުނަސް، ފެނަކައިގައި ހުރި މާލީ މައްސަލަތަކަށްވިޔަސް، ރަނގަޅު ކުރަންޖެހޭ،” ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ އަގަށް ގެންނަވާ ބަދަލުތަކުގެ އަގުތައް ތަންފީޒުކުރަން ކުރަންޖެހުނު ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖޫން 1 އިން ފެށިގެން ހުރިހާ ކުންފުނިތަކަކުން މި ބަދަލުތައް ތަންފީޒުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުހައްމަދު އަލީ
ޝުރިއްޔާ

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

TTH_advertisement