ކުއްލި ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ރައީސުލްޖުމްހޫރިއްޔާއަށް ވޯލްޑް ސްކައުޓް ބެޖް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އަރުވައިފިއެވެ.

އެމަނިކުފާނަށް މި ބެޖު އަރުވާފައިވަނީ ޤައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އެރުއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޘީފެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގައި އެމަނިކުފާނު ކިޔަވައިވިދާޅުވި ދުވަސްވަރު ފަސްޓް މާލެ ސްކައުޓް ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސަށް ވޯލްޑް ސްކައުޓް ބެޖު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ ސްކައުޓް ކައުންސިލްގެ މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ސްކައުޓް ކައުންސިލުގެ މެންބަރުން
ރައީސް: މުޙައްމަދު ނަޘީފް
ނައިބު ރައީސް: އަހުމަދު ހަނީފް
ޤައުމީ ހަޒާންދާރު: އަހުމަދު ނަޝީދު
މެންބަރު: ޢަބްދުﷲ މާޖިދު
މެންބަރު: އިބްރާހިމް އާސިފް ރަޝީދު
މެންބަރު: މުޙައްމަދު އިބްރާހިމް
މެންބަރު އަދި ސްކައުޓް ޔޫތު ކައުންސިލްގެ މުގައްރިރު: ހުސައިން އާހިލް ވަހީދު
ޗީފް ކޮމިޝަނަރ: މައީދު މުޙައްމަދު ޒާހިރު
މި ރަސްމިއްޔާާތުގައި ރައީސުލްޖުމްހޫޜިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުންޓުންނަށް ވަނީ އެވޯޑު ހަވާލުކުރައްވާފައެވެ. މި އެވޯޑަކީ ދިވެހި ސްކައުޓް ހަރަކާތުގައި ދެވޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑް މިއަހަރު 7 ސްކައުޓަކަށް ވަނީ ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ލިބުނު ސްކައުޓުން
އަހުމަދު ޒަޢުލް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
އަހުމަދު ބާސިގު މުޙައްމަދު: 1ވަނަ ޅ. ސްކައުޓް ގްރޫޕް، ނައިފަރު އިފްތިތާހް ސްކޫލް
ޢަބްދުﷲ ސަރޫފް މުޙައްމަދު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
އައިޝަތު ލަޔާން އަބްދުއްނަސީރު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
މުޙައްމަދު އަދީމް އާދަމް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
ފާތިމަތު އަނޫޝާ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
ސާރާ ބިންތު އަމީރު އިބުނު އަލީ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު ލިބެނީ އެކި ދާއިރާތަކުގެ ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތައް ހާސިލްކުރުމުންނެވެ. އަދި ޖަމައާތަށް ފައިދާހުރި މަސައްކަތްތައްވެސް ރައީސްގެ އެވޯޑް ލިބޭ ސްކައުޓުން ފުރިހަމަކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

11

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

11

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްކަމުގައި ކަނޑައަޅައިފި

11

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ELL Mobile Advertisement TTH_advertisement