ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

Ddddddddddddddddddddddddddddddddddd

ހަތަރު ރަށެއްގައި ރަސްމީކޮށް ޑަޔަލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފިއެވެ.

މިރޭ ބާސެލޯ ނަސަންދުރާ ގައި ބޭއްވި ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ރަސްމީކޮށް ޑައިލިސިސްގެ ޚިދުމަތް ފެށީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒު، އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެންދު އިތުރުކޮށްފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.

ރައީސް ރޭ ވިދާޅުވީ ބާކީ ހުރި ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ޑައިލިސިސްގެ ޚިދުމަތް ބޭނުންވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައިވެސް މި ޚިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް