ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ކަސްޓަމްސް އިން އެދުނީ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި އަވަހަށް ރަޖިސްޓްރީވުމަށް

Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެދިއްޖެއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކުރާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޮގަސްޓް މަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ސިންގަލް ވިންޑޯ” ޓްރޭޑިއަން” ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން ( އީ.ޓީ. އޭ / އީ.ޓީ.ޑީ ) ، ސީ ކާގޯ މެނިފެސްޓް ހުށަހެޅޭނީ ނޭޝަނަލް ސިންގަލް ވިންޑޯ ” ޓްރޭޑިއަން” ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރި ކުރުމުގައި ހުށަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހައިން ހުށައެޅުމާއި ދެފުށްފެންނަ އުސޫލަކުން މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތައް ގުޅުވާލަދޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

customs

އަގު ކަނޑައެޅުމުގައި އަސާސީ އުސޫލަކީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު: ކަސްޓަމްސް

ތިރީސް މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި

customs

މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

TTH_advertisement