ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެއްޗާއެކު ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

Jazzzzzzzzzzzzzz

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޖާވިޔާ، ޖަޛްލާން ޢަލީ (28އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ވިލިނގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

މި މެއި މަހުގެ 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން އޭނާ އެއްލައިލި ތަކެތި ފުލުހުން ނަގައި، ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އަޅުގަނޑުމެންނަށް އިތުބާރުކޮށްފައިދޭ ވޯޓަކީ ރައްޔިތުން މާޔޫސްވާނެ ވޯޓަކަށް ނުވާނެ: ރައީސް

Election

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން އިންސާފުވެރިކަން ކަށަވަރުވޭ

dr Rameela

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤަށް ހުރަސް އެޅޭނެކަމެއް ނުކުރުމަށް ގޮވާލައިފި

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް