ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

928

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށްޓަކައި ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ “ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު” އާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.

މި ފަހުމްނާމާގެ ދަށުން، އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީން ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި، ގުޅުންހުރި އެންޖީއޯތަކުންނާއި އެހެނިހެން ދާއިރާތަކުން މަޢުލޫމާތު ހޯދައި އެމްސީއެސްއާ ހިއްސާކުރުމާއި، އެފަދަ ޚިދުމަތްތައް ހަމަޖެއްސުމުގައި އެމްސީއެސްއަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަރެކްޝަންސްއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކުރަނީ

އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

813

އައްޑޫ ސިޓީ ކައުންސިލްގެ މައްސަލައެއް އެލްޖީއޭއަށް ހުށަހަޅައިފި

ކުދި ވިޔަފާރިއާއި ސިނާޢީ މަސައްކަތްތަކަށް އައްޑޫ މީދޫއިން 25 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

TTH_advertisement