ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެލިވަރީ އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖެއް، ސަމާލުވޭ!

ޑެލިވަރީ އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޯސްޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯސްޓް އޮފީހުން ވިދާޅުވީ އައިޓަމް ގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މޯލްޑިވްސް ޕޯސްޓް އިން އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުކުރާނެ ކަމަށެވެ. ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރައްވާފައިވެއެވެ.

ޕޯސްޓުގެ ނަމުގައި ކުރަމުންދާ ސްކޭމް މެސެޖްގައި ބުނެފައިވަނީ ކަސްޓަމަރުގެ އެޑްރެސް ނުބައިކޮށް ޖަހާފައި އިނުމުން ޕެކޭޖް ޑެލިވާ ނުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރަނގަޅު އެޑްރެސް ޖެހުމަށް އެދި އެ މެސެޖްގައިވާ ލިންކަން ފިއްތާލުމަށް ބުނެފައިވެއެވެ.

މި ދުވަސްކޮޅަކީ ގިނަ ބަޔަކު ޓީމޫ އިން އޯޑަރުކޮށްގެން ޕެކޭޖް ނުލިބިގެން ޝަކުވާ ކުރަމުންދާ ދުވަސްކޮޅަކަށް ވަތީ، ސްކޭމްގެ މިފަދަ މެސެޖުތަކަށް ސަމާލުވުމަކީ މުހިންމު ކަމަކެވެ. އަދި މިފަދަ މެސެޖެއް އައުމުން ޕޯސްޓް އޮފީސްތޯ ޔަގީންކުރުމަކީ މުހިންމު ކަމަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަން ތައްޔާރުވަނީ

ޕޯސްޓްގެ ނަމުގައި ސައްހަނޫން މެސެޖްތަކެއް ސަމާލުވޭ!