ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހަކަށް ލުއިދީފި

i

އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހަކަށް ލުއި ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހުއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ބަންދަށް ލުއިދެވޭނެ މީހުން ކަނޑައަޅަމުންދަނީ އެ މީހުން މޮނިޓަރކުރެވޭ ގޮތަށް މުޖުތަމަޢު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ. އަދި އެ އެސެސްމަންޓުތައް ލިބޭ މިންވަރަކުން ބަންދަށް ލުއި ދެވެމުންދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 2 މީހަކަށް ލުއިދީފައިވާ ކަމަށެވެ. އަދި އިތުރު 5 މީހެއްގެ ބަންދަން ލުއިދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ލުއި ދެވޭނީ ތުހުމަތުކުރެވޭ މީހާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ބާވަތްތަކުގެ ކުށްތަކުގައި ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންނަށް ކަމަށެވެ. އަދި އެ ނޫން މީހަކަށް ލުއި ނުދެވޭނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި،މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ނުދެވޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިތަކަށްވެސް ހައްލެއް އަންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އެކިއެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، “ވާނުވާ ބަންދު”ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ