ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ މާސްޓާޕްލޭނަށް ހިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

އަލުން މުރާޖާކޮށް، މިދިޔަ ހޯމަ ދުވަހު އިފުތިތާހުކުރި ހުޅުމާލޭގެ މާސްޓާޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މާސްޓާޕްލޭން އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެފައި ވަނީ މި މާސްޓާޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައި ދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީ ކުރަން ކުރެވޭ މަސައްކަތުގެ މުހިންމު ބައެެއް ކަމަށެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ “ރިވައިޒްޑް މާސްޓާޕްލޭނަށް” ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.

މި މާސްޓާޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް ހުޅުމާލޭގެ އާ ވެބްސައިޓްގައި ހިމަނާފައިވާ ހާއްސަކޮށްފައިވާ ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ އެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 އެވެ.

އެޗްޑީސީން ބުނީ މާސްޓާޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި