ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޝަނަލް ކެރިއާ ސާވިސްގެ ރީޖަނަލް ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި

Cccccccccccccccccccccccccccccccccccccccccccccccccc

ނޭޝަނަލް ކެރިއާސް ސާރވިސް (އެންސީއެސް) ގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ އަލީ ހައިދަރު ވިދާޅުވީ، ކުޅުދުއްފުށީގައި މިއަދު ހުޅުވިގެން މިދިޔަ ނޭޝަނަލް ކެރިއަރސް ސާރވިސް އޮފީހާއެކު އުތުރު ސަރަހައްދަށް ދާއިރާއިން ބޮޑު ކުރިއެރުމެއް ކުރިއެރުމެއް ލިބިގެންދާނެކަން ގަބޫލުކުރައްވާ ކަމުގަ އެވެ.

“އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑު ހާސިލުކުރުމަށްދާ ރާސްތާގައި އެންމެ މުހިންމު ކަންތައް. އެކަމަށް ހުޅުވޭ ދޮރެއް މޯލްޑިވްސް ކެރިއަރ ސާރވިސް މެދުވެރިކޮށް ވަޒީފާތައް ހޯދުމާއި ހުނަރު އިތުރުކުރުމާއި އަދި އެކި ކަހަލަ މަސައްކަތް ދަސްކޮށް. ކުޅުދުއްފުށީގައި މި ހިދުމަތް ފެށިގެން ދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިސަރަހައްދަށް، އުތުރު ސަރަހައްދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަން އަޅުގަނޑު ގަބޫލުކުރަން.” ޑރ. ހައިދަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި މުއައްސަސާތަކުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

778

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި