ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކިން ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ބީއައިސީއާއި އެމްއެފްއެލްސީއަށް

ދިވެހިރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީއާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ ދިވެހިރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް މި އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީއާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީއަށް ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކްއަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަދެއްވާފައިވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ޤާއިމްކުރުމަށެވެ.

މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް މި އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި މިއީ މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއްކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ