ކުއްލި ޚަބަރު

އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ ކޯވިޑް-19 އާއި އިންފުލުއެންޒާގެ ކޭސްތައް: އެޗްޕީއޭ

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާދެނީ

އައިކޮމް އިން ވޭމަންޑޫ ކައުންސިލް ޖޫރިމަނާކޮށްފި

2333333333333333333333
އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ތާވަލުކުރި ދެ ބައްދަލުވުމަކަށް ތ. ވޭމަންޑޫ ކައުންސިލުން ހާޒިރުނުވުމުން އެ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.

އައިކޮމް އިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލުން މައުލޫމާތެއް ހޯދުމަށް ފޮނުވި ހުށަހެޅުމަށް ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނުގައި ވާގޮތުންނަމަ އެ ފަދަ ޝަކުވާއެއް އަދި އިލްތިމާސެއް ވެސް ބަލަންވާނީ ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައި ކަމަށް އައިކޮމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މި ޝަކުވާތައް ބެލުމަށްޓަކައި އެޕްރިލް 28 ގައި އެ އޮފީހުން ހުޅުވާލާފައިވާ ބައްދަލުވުން ތާވަލުކުރިނަމަވެސް، އެ ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުން ބައިވެރިނުވުމުން ކެންސަލް ކުރަން ޖެހުނު ކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ.

އޭގެ ފަހުން މި މަހުގެ 1 ދުވަހަށް ދެވަނަ ބައްދަލުވުމެއް ތާވަލު ކުރި ކަމަށާއި، އެ ބައްދަލުވުމުގައިވެސް ވޭމަންޑޫ ކައިންސިލުން ބައިވެރިވެފައި ނުވާ ކަމަށް އައިކޮމް އިން ބުނެފައި ވެއެވެ. އެހެންވެ، އެ ބައްދަލުވުން ކައުންސިލްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔަ ކަމަށް އައިކޮމް އިން ވަނީ ބުނެފައެވެ.

އައިކޮމްއިން އަންގާ ތާރީޚުތަކުގައި ހާޒިރުވާންޖެހޭ ތަނަށް ގަޑިއަށް ދެވެން ނެތް ނަމަ، ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ މަދުވެގެން އެއްގަޑިއިރު ކުރިން އެކަން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް އެފަދަ އެންގުމެއް ވޭމަންޑޫ ކައުންސިލުން އަންގާފައި ނުވާކަމަށް އައިކޮމް އިން ވަނީ ހާމަކޮށްފައެވެ.

އައިކޮމް އިން ބުނީ ވޭމަންޑޫ ކައުންސިލުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ.

އަދި ބައްދަލުވުންތަކަށް ހާޒިރުވެފައިނުވާތީ އައިކޮމް އިން ނިންމީ ގާނޫނުގައިވާ ގޮތުގެ މަތިން ވޭމަންޑޫ ކައުންސިލް 350 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ނޭޕާލްގެ ބޮޑުވަޒީރަށާއި ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޢީދާއި ގުޅިގެން ބަންދު ވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމުގައިވާ ދުވަސްތައް: ރައީސް އޮފީސް

މިއަދަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ ކޯވިޑް-19 އާއި އިންފުލުއެންޒާގެ ކޭސްތައް: އެޗްޕީއޭ

TTH_advertisement ELL Mobile Advertisement