ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްތަމަ ފަނޑިޔާރަކީ ނަޒާހާތްތެރި ބޭފުޅެއް: ރައީސް ނަޝީދު

Naaaaaaaaaaaaaaaaaaaaaaaaaaaaaaa

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ރައީސް ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން ނެެރުއްވި ބަޔާނެއްގައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަސިމް އަދުނާނާ މުއާމަލާތް ކޮށްފައިވާ ކަމަށް މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަގީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ. އަދި އެ ޚަބަރުގައި ހުރި ހުރިހާ ވާހަކައަކީވެސް “އަލިފުން ޔާޔަށް ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އުފުއްލަވާނެ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް ނެތް ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީވެސް އެސަބަބާހުރެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލުމުން ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފި

Image 20

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބާއްވަން ރައީސް ނަޝީދު ތާއީދު ކުރައްވައިފި

B 202512241220041766560804.6871

ރައީސް ނަޝީދު، ރައީސް އިބޫ އާއި ވެސް ބައްދަލުކުރައްވައިފި

8qw3

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ