ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

މިއީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ: ރައީސް

މި އަހަރަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ފަސޭހަ އަދި އިންތިޒާމުތައް އެންމެ ރަނގަޅު ޙައްޖު މޫސުމަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޙައްޖުގެ ދަތުރާއި ގުޅުންހުރި އެހެނިހެން ކަންކަން ފަސޭހަކުރުމަށް ސަޢޫދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ “މައްކާ ރޫޓް އިނިޝިއޭޓިވް” ގައި ދިވެހިރާއްޖެ ބައިވެރިކުރުމަށް ނިންމާފައިވާތީއެވެ. މި ނިންމުމާއެކު، ކުރީގެ އަހަރުތަކުގައި ޙައްޖުވެރިން ތަޙައްމަލުކުރަންޖެހުނު ގިނަ ދަތިތަކެއް މި އަހަރު ކުރިމަތިނުވާނެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިނިޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މި އަހަރު ލިބުނު އަށް ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ. އަދި ރާއްޖެއިން މި އަހަރު ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ 235 ޙައްޖުވެރިންނަށް ސަޢޫދީ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި އިނިޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންނަށް ލިބޭ ލުއިފަސޭހަތަކުގެ ތެރޭގައި، ވައިގެބަނދަރުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހުމާއި، އަމިއްލައަށް ފޮށިތަންމަތި އުފުލަން ނުޖެހުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، މުޅި ޙައްޖު ދަތުރުގައިވެސް މިފަދަ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޙައްޖުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، ކަންކަން އިތުރަށް ފަހިވެގެންދިއުން ކަމަށެވެ.

“ދިވެހި ޙައްޖުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް، ހުރިހާ ޙައްޖުވެރިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާއެކު މަބްރޫރު ޙައްޖެއް ލިބުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

igmh

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

112

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

TTH_advertisement ELL Mobile Advertisement