ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީޖީގެ އިރުޝާދުގެ ދަށުން ރައުދު ބަންދުން ދޫކޮށްލައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވާތީ، އޭނާ ރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިން އިރުޝާދާ އެއްގޮތަށް ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ފޮނުވި މައްސަލަ ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ރައުދުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ދަމަހައްޓަމުން އައި ނަމަވެސް، މި މަހުގެ 22 ވަނަ ދުވަހު ފުލުހުން އޭނާ ދޫކޮށްލިއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ބަންދުކޮށް، ޖެހިގެން އައި ދުވަހު ކޯޓަށް ގެންދިއުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރުމުގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ

ހެކި ނެތުމުން މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލަން ލަފާދީފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި