ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ސެޕްޓެމްބަރު 18 ގައި

Po

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ.

މިގޮތުން އެ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެންބަރު 2025 ގައި ކަމަށެވެ. މިއާއެކު އެ މަރުކަޒުން ވަނީ މުބާރާތުގެ ގަވާއިދުވެސް އާންމުކޮށްފައެވެ.

އެ މަރުކަޒުން ބުނީ މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން، މުއައްސަސާތަކާއި ބައިވެރިން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލައި ތާރީޚު ފަހުން އިޢުލާން ކުރެވޭނެ ކަމަށެވެ.

މި މުބާރާތް އޮންނާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޙާފިޡުންގެ ބަޔާއި، ސްކޫލް ކުދިންގެ ބައިގެ އިތުރުން މުއައްސަސާތަކުގެ ބައެވެ. އަދި މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމުގެ އިތުރުން ޙާފިޡުންގެ ގޮފި ހިމެނެއެވެ. މުބާރާތުގެ މުޤައްރަރުގެ ތަފްޞީލް މުބާރާތުގެ ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

މި މުބާރާތުގެ ކޮންމެ ބައަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާ ބައިވެރިޔާއަށާއި، ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ހޯދާ ބައިވެރިޔާއަށާއި، ޙާފިޡުންގެ ބައިން 1 ވަނަ ހޯދާ ބައިވެރިޔާގެ އިތުރުން މުބާރާތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކުގެ ތެރެއިން 1 ވަނަ އަށް ދާ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

627

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ސެޕްޓެމްބަރު ބާއްވަނީ