ކުއްލި ޚަބަރު

ކާއެތިކޮޅެއް ހޯދަންދިޔަ މީހުންގެތެރެއިން މިހާތަނަށް 10 މީހަކު މަރާލާފައިވޭ: ޣައްޒާ މީޑިއާ އޮފީސް

ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުންގެ ބަންދަށް ލުއި ދޭން ހަމަޖެހިފައެއް ނުވޭ: ޕީޖީ

ވާނުވާ ބަންދަށް ލުއިދޭން ފަށައިފި

ޣައްޒާއާ ގުޅޭގޮތުން ވަރަށް އަވަހަށް “އުފާވެރި ޚަބަރެއް” ލިބިގެންދާނެ: ޓްރަމްޕް

ޣައްޒާގެ ހާލަތާ ގުޅޭގޮތުން ވަރަށް އަވަހަށް “އުފާވެރި ޚަބަރެއް” ލިބިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފިއެވެ.

ޓްރަމްޕް މިކަމަށް އިޝާރާތް މިކުރެއްވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ދެކެވެމުންދާ ވާހަކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެމެރިކާގެ ނިއު ޖާޒީއިން އެއަރފޯރސް ވަން މަތިންދާ ބޯޓަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު ދެކެވެމުންދާ ނިއުކްލިއަރ މަޝްވަރާތަކުގައި ހަގީގީ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

ހަމަ އެއާއެކު، ޣައްޒާގެ ހާލަތާ ގުޅޭގޮތުންވެސް ރަނގަޅު ބަދަލުތަކެއް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާން ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ފްރަންޓުން އުފާވެރި ޚަބަރެއް ލިބިދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ހަމަ އެފަދައިން ޣައްޒާ މައްސަލާގައި ހަމާސްއާ އެކުވެސް އެފަދަ އުފާވެރި ޚަބަރަކަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ހަމާސްއާއި އަދި އިސްރާއީލުވެސް ހުއްޓުވޭތޯ އެމެރިކާއިން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން، އެމެރިކާއިން ބޭނުންވަނީ ހަމާސްއާއި އަދި އިސްރާއީލާވެސް ވާހަކަ ދައްކައިގެން، ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެކަމަކު، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދަނީ އެމެރިކާއިން ހަތިޔާރާއި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އެމެރިކާއިން ހަތިޔާރު ދިނުން ހުއްޓާލައިފިނަމަ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ހަމަލާތައް ހުއްޓުވިދާނެ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެދުއިރުމަތީގެ 3 ގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ޣައްޒާ ހަނގުރާމަ “އަންނަމަހު” ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ ކޮން ގޮތަކަށްކަމެއް ވިދާޅެއް ނުވެއެވެ.

ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސީދާ މުއާމަލާތްކުރުން ހުއްޓާލައްވާފައިވާތީ، ނަތަންޔާހޫއާ ވާހަކަ ނުދައްކައި، އިސްރާއީލު ހުއްޓުވާނެ ގޮތެއް ނުވިސްނެއެވެ.

ޓްރަމްޕް މެދުއިރުމަތިން ފުރާވަޑައިގަތުމާއެކު، އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ކޮންމެ ދުވަހަކު އެތައްބަޔަކު ޝަހީދުކޮށް، ގެތަކާއި އިމާރާތްތައް ގެންދަނީ ސުންނާފަތި ކުރަމުންނެވެ. އަދި ޣައްޒާގެ އާބާދީ ގެދޮރާއި ރަށުން ބޭރުކޮށްލުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޗައިނާ ކިޔަވާކުދިންގެ ވިސާ ކެންސަލްކުރަން އެމެރިކާއިން ނިންމި ނިންމުން ޗައިނާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

މީޑިއާތަކަށް ޚާއްޞަ “މީޑިއާ ފެންޑާ” ހުޅުއްވައިދެއްވައިފި

އަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމަށް ހުޅުވާލައިފި!

ޑެލިވަރީ އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖެއް، ސަމާލުވޭ!

ELL Mobile Advertisement TTH_advertisement