ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާދެނީ

ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން، 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެ: ޑރ ޢާއިޝަތު ޝިހާމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ‘ހާލު ކިހިނެއް’ ޕްރޮގަރާމަކީ، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި އެ ވުޒާރާގެ މަސައްކަތްތަކުގެ އަދާ ހަމަ މަޢުލޫމާތު ހިއްސާކުރަށްވަމުންނެވެ.

އެގޮތުން، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން އެ ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިހާހިސާބަތް ގާތް ގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

2333333333333333333333

އައިކޮމް އިން ވޭމަންޑޫ ކައުންސިލް ޖޫރިމަނާކޮށްފި

403276 2df06238 3

އައިޖީއެމްއެޗްގެ ސާޖިކަލް ވިންގް ރައީސް އިފްތިތާހުކޮށްދެއްވައިފި

398339 0d4fe684 0

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Sallllllllllllllllllllllllllllllllllllllllllllllllllllllllllllllllll

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާދެނީ

ELL Mobile Advertisement TTH_advertisement