ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކުޅިވަރެއް: ރައީސް

ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކުޅިވަރެއް ކަމަށާއި ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައިވާ ކަމަށެވެ. އަދި ފުޓްބޯޅައން ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިވާކަމަށެވެ.

ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކުޅިވަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ދަށްވެފައިވަނިކޮށް މި ސަރުކާރުން އަންނަނީ އަލުން ފުޓްބޯޅަ ކޮޅަށް ޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ހާލަތު ދަށްވެފައިވަނިކޮށް އަލުން ފުޓްބޯޅައަށް ދިރުން ގެނެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ފުޓްބޯޅަ އާއިލާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އަދި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމާއި ގުޅިގެންނާއި ކުލަބުތަކަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެ ކުލަބަކަށް މިއަހަރުގެ ކުރީކޮޅު އެއް މިލިއަން ރުފިޔާވެސް ދީފައިވާކަން ފާހަގަ ކުރެވެއެވެ.

އަދި ކުޅިވަރު ޤާނޫނުގެ ތެރެއިން ފުޓްބޯޅަ އިތުރަށް ކުރިއެރުވޭނެ މަގުތައް ތަނަވަސްކޮށްދެއްވާފައިވާ އިރު އަލަށް ޤާއިމ،ު ކުރާ ކުޅިވަރު ފަންޑުން ރާއްޖޭގެ އެހެނިހެން ކުޅިވަރެކޭ އެއްގޮތަސް ފުޓްބޯޅަ ކުޅުންތެރިންނާއި ރެފްރީންނާއި ކޯޗުންނާއި ކުލަބުތަކުގެ ކުރިއެރުމަށް ތަމްރީނާއި ތަޖްރިބާގެ ގިނަ ފުރުސަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެއެވެ.

އަދި ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމާއި އިހު އޮތް ފުޓްބޯޅައިގެ ފޯރި ގެނައުމަކީވެސް މި ސަރުކާރުވެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް