ކުއްލި ޚަބަރު

އިސްރާއީލު ސިފައިން ބޮންއަޅައި ޣައްޒާ ސިވިލް ޑިފެންސް އޮޕަރޭޝަންސް ޑިރެކްޓަރ އަވަހާރަ ކޮށްލައިފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

މިއަދު މާލޭގައި 59 ކައިވެނި!

މިއަދު، 25-5-2025 ވަނަ ދުވަހު، މާލޭގައި ޖުމްލަ 59 ކައިވެނި ރޭވިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

ފެމިލީ ކޯޓުން ސޯޝަލް މީޑިއާގައި ޝާއިޢުކުރި ޕޯސްޓެއްގައި މިއަދުގެ ކައިވެނިތަކުގެ ތަފްޞީލު ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ހިމެނެއެވެ.

މި ޚާއްޞަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، އިށީނދެވޭނެ ގޮތަށް ގޮނޑި ބަހައްޓައި، އި، އެ ސަރަހައްދު ވަނީ އިންތިޒާމުކޮށްފައެވެ.

ފާއިތުވި އަހަރުގެ އެންމެ ފަހު ރީތި ތާރީޚު ކަމުގައިވާ 24-12-2024 ގައި މާލޭގައި 52 ކައިވެނި ކުރެވުނެވެ. އަދި މި އަހަރުގެ އައު އިސްކަމެއްގެ ގޮތުން، ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކޯޓުން ކައިވެނި ކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ ގިނަ ބައެއްގެ އެދުމަށް އިޖާބަދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.

ރީތި ތާރީޚުތަކުގައި ދިވެހިރާއްޖޭގައި ކައިވެނިތައް އިތުރުވުމަކީ އާދަވެފައިވާ ކަމެކެވެ. ފަހަކަށް އައިސް، މިފަދަ ތާރީޚުތަކުގައި ކުރެވޭ ކައިވެނިތަކުގެ އަދަދު އިތުރުވެ، އާންމުންގެ ޝައުޤުވެރިކަން މިކަމަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޣައްޒާއާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު މެލޭޝިޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

އިސްރާއީލު ސިފައިން ބޮންއަޅައި ޣައްޒާ ސިވިލް ޑިފެންސް އޮޕަރޭޝަންސް ޑިރެކްޓަރ އަވަހާރަ ކޮށްލައިފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ELL Mobile Advertisement TTH_advertisement