ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަންގެ ވަޒީފާއަށް 800 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

Immiiiiiiiiii2i22w

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދުމަށް ނިންމައި ކުރި އިއުލާނާ އެކު އެ ވަޒިފާއަށް 870 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު ކުރިމަތިލި މީހުން އިންޓަވިއު ކުރުމުގެ މަސައްކަތް މިއަދު ދަނީ ކުރަމުންނެވެ. ގިނަ އަދަދެއްގެ މީހުން އިންޓަވިއު ކިއޫގައި ތިއްބެވެ.

އިމިގްރޭޝަނުން ބުނީ އެންމެ ފުރަތަމަ އޮތީ ހަ އިންޓަވިއު ޕެނަލަކުން ކެންޑިޑޭޓުން އިންޓަވިއު ކުރަމުން ގޮސް މިއަދު ހަވީރު 5 ޖަހާއިރަށް ނިންމުމަށެވެ.

ނަމަވެސް ފަހުން ނުވަ ޕެނަލްއަކުން އިންޓަވިއު ނަގަމުންދާ ކަމަށް ބުންޏެވެ. އަދި މިރޭ 10 ޖަހަންދެން އިންޓަވިއުތައް ވަނީ ކުރިއަށްގެންގޮސްފައެވެ

އިންޓަވިއުއިން ހޮވޭ މީހުންގެ މެދުގައި އިމްތިހާނެއް ވެސް ބާއްވާނެއެވެ. އިމިގްރޭޝަނުން ބުނީ ވަޒިފާއަށް ހޮވޭނީ އެންމެ މަތިން މާކްސް ލިބޭ 50 މީހުނަށެވެ. އަދި އިމްތިހާނު އޮންނާނެ ތާރީހެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ