ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަންގެ އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

Bbbbbbbbbbbbbbbbbbbbbbbbbbbbbbbbb

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފެށީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު މި އޮޕަރޭޝަންގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ