ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް ހުޅުއްވައިދެއްވައިފި

Whatsapp image 2025 05 23 at 09.51.45 (1)

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުއްވައި ދެއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ރައީސް ހުޅުއްވައިދެއްވުމާއެކު ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ރައީސް ވަނީ މައުރަޒުގެ ހުރިހާ ސްޓޯލަކަށް ޒިޔާރަތް ކުރައްވާ މައުރަޒުގައި ހުރި ތަކެތި ބައްލަވާލައްވާފައެވެ.

މިއަހަރުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.

މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ. ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3،600 އަށް ވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވާ ކަމަށް މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ވަނީ ހާމަކޮށްފައެވެ.

މައުރަޒު މިރޭ 11:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި މާދަމާ އިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް