ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

Kendhooo

ބ. ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޑަބްލިޔުއެސްސީގެ ބޭފުޅުން ކެންދޫއަށް ގޮސްގެންނެވެ.

ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށްފައިވެ އެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 4.88 މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓުވޯކު ގާއިމު ކުރުމާއި 556 މީތަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީއައުޓް ފޯލް ގާއިމުކޮށްފައިވެ އެވެ. އޭ

ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވެ އެވެ.

ސަރުކާރުން މި މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ހަވާލު ކޮށްފައިވަނީ 56.24 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި

TTH_advertisement