ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު ރަހުނަކާ ނުލައި ގެސްޓްހައުސް އަޅަން މިހާރު ލޯނު ލިބޭނެ: ބީއެމްއެލްގެ ސީއީއޯ

Shareef mbl

ގެސްޓްހައުސް އިމާރާތް ކުރުމަށް އިތުރު ރަހުނަކާ ނުލައި މިހާރު ލޯނު ލިބޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ށ. ގޮއިދޫގައީ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ގޮއިދޫއަކީ ގެސްޓްހައުސްގެ ވިޔަފާރި ފަށަމުން އަންނަ ރަށެއް ކަމަށްވާއިރު، އެ ލޯނަކީ އެ ރަށު ރައްޔިތުންނަށް ވަރަށް ބޭނުންތެރިއެއްޗެއް ކަމަށެވެ.

މީގެއިތުރުން ގެދޮރު ބިނާކުރުމަށް ވެސް ވަކި ވަރަކަށް ރަހުނަކާނުލައި ލޯނު ލިބޭނެގޮތް ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޮއިދޫގެ އިތުރުން އެއަތޮޅު ފޭދު އާއި ނޫމަރާގައި ވެސް މިއަދު ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

ގޮއިދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ނިޔަލަށް އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި