ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

ކޮޅުފުށީގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

މުލަކަތޮޅު ކޮޅުފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.

ކޮޅުފުށީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޅުފުށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލްގެ ރައީސް އަބްދުލް އަލީމާ ވަނީ ޙަވާލުކޮށްދެއްވާފައެވެ.

މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކައުންސިލްތަކުން ރަށުގެ ރައްޔިތުންނަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ވަޒީރު ވަނީ މިފަދަ މަސައްކަތްތަކުގައި ކައުންސިލްތަކުެ ޒިންމާ ވަރަށް ބޮޑުކަން ފާގަކުރައްވާފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް މ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ދެމުން ދިޔައީ ހަމައެކަނި މުލީގައެވެ. އެހެންނަމަވެސް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރެވުނު މަސައްކަތާއި އެކު މިހާރު މ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.

ކޮޅުފުށީގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

މުަލަކަތޮޅުގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 01 27 at 18.06.30

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ ފަސް ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

dr muthalib

ބީއެމްއެލްގެ 3،000 ފްލެޓަށް މިދައުރުގައި ނިންމައި މީހުންނަށް ވަދެވޭނެ: ޑރ. މުއްޠަލިބު

WhatsApp Image 2026 01 20 at 15.43.04

ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދީފި

bml

ބީއެމްއެލުން ސްވައިޕްގެ ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި

TTH_advertisement