ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

164 ކަސްޓަމްސް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

21

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ކަސްޓަމްސްއިން ކުރި އިއުލާނުގައި ވަނީ، އެމަގާމަށް 164 މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެމީހުންނަށް  މުސާރައާއި އިނާޔަތުގެ ގޮތުގައި ގާތްގަޑަކަށް 14000 ރުފިޔާ ލިބެއެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ފާހެއް ލިބިފައިވުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން ‘ސީ’ ފާސް ލިބިފައިވުން އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާންޖެހެއެވެ.

އެ މަގާމުތަކަށް ހޮވޭ އޮފިސަރުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި