ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު ތިން ރިމާންޑް ސެންޓަރު ގާއިމް ކުރަނީ

Rrii

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އިތުރު ތިން ޑްރަގް ރިމާންޑް ސެންޓަރު ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އަލަށް ޤާއިމުކުރެވޭ ރިމާންޑް ސެންޓަރުތައް ހެދުމަށް ނިންމާފައިވަނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫގައެވެ.

މި ތިން ރަށުގެ އިތުރުން، ކުރިން ވަނީ ކ. ހިންމަފުށި އަދި ހުޅުމާލޭގައި ޑްރަގް ރިމާންޑް ސެންޓަރުތައް ޤާއިމުކޮށްފައެވެ.

މި މަރުކަޒުތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް، އެފަރާތްތަކުގެ ބަންދުގެ މުއްދަތުގައި ބައިތިއްބައި، އެކަށީގެންވާ ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނެރުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު