ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޕީއެލްއާ ހަވާލުކޮށްފި

Kk port

ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުވިގޮތަށް ކުޅުދުއްފުށި ސިޓީގެ ޕޯޓް ބޮޑު ކުރުމަށް ޓެކްނިކަލް ލެވަލްގައިވެސް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި ބަނދަރުން ވިޔަފާރީގެ ނަފާ އެންމެބޮޑަށް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރިކަމަށެވެ.

ސަރުކާރުން ސިޔާސަތާ އެއްގޮތަށް ލޮޖިސްޓިކް ނެޓްވޯކެއް ގާއިމުކުރުމުގެ ތަޞައްވުރެއް އެމްޕީއެލުން ގެންގުޅުއްވާ ކަމަށާއި، އެގޮތުން ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށްވެސް ސޮއިކުރެވިފައިވާއިރު، އދ. މާމިގިލީގެ ބަނދަރާއި، ލ. އަތޮޅާއި އައްޑޫގަ މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ވެސް އިތުރަށް ތަރައްގީ ކުރުމަށް އެމްޕީއެލްއާ މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ މަސައްކަތްތައް ބާރު ސްޕީޑުގަ ކުރިއަށްދާނެ، އެއާއެކު ދެން ހުރި ޕޯޓް ތަކުގެ މަސައްކަތްތަކުގަ ސޮއިކުރެވުމާއެއްކޮށް މަސައްކަތްތައް ކުރިއަށް ދާނެ” ސައީދު ވިދާޅުވިއެވެ.

Kk port 3

ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މިމަޝްރޫޢަކީ ހއ، ހދ، ށ، ނ އަތޮޅުގެ ރަށްތަކަށްވެސް ޚިދުމަތް ލިބޭނެހެން އެސިޓީގައި އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރިއާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި