ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

0q

އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަން 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެމިކަމާ ގުޅޭ އެމް.އޯ.ޔޫ ގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓްޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. ޢަބްދުﷲ ޚަލީލާއި،މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އިންޑިއާސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިސްއެކްސެލެންސީ ބާލަ ސްބަރަމާނިއަމް އެވެ.

މި އެހީގެ ފައިސާ ބޭނުންކުރެވޭނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށްޤާއިމުކުރެވޭ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢަށެވެ. މި މަޝްރޫޢުގެސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ،ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ރާއްޖޭގެތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިންޑިއާގެ ސަފީރު ބާލަ ސްބަރަމާނިއަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީއިންޑިއާގެ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރު ގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞައަހައްމިއްޔަތުކަމެއް ދެއްވާ ޤައުމީ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން،ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެއް ރަށުންއަނެއް ރަށަށް ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

78

ދ. އަތޮޅާއި ފ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ