ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ގައުމީ ދިގުފެތުމުގެ މުބާރާތް ކުޑަގިރީގައި ފަށައިފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް ކުޑަގިރީގައި ފަށައިފިއެވެ.

އޯޕަން ވޯޓާ ސްވިމިން މުބާރާތް މިއަދު ހެނދުނު ފެށިއިރު، މި މުބާރާތުގައި ހުރިހާ ކެޓެގަރީއަކުން ޖުމްލަ 281 ފެތުންތެރިން ވާދަކުރެއެވެ.

އެގޮތުން ގައުމީ ފަސް ކިލޯމީޓަރުގެ ކެޓެގަރީގައި އަންހެން 10 ފެތުންތެރިން އަދި ފިރިހެން 14 ފެތުންތެރިން ވާދަކުރެއެވެ. އަދި ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ފެނިގެންދެއެވެ.

މުބާރާތުގެ އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި، ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރާއިރު، މާސްޓާސް އިވެންޓުގައި ވާދަކުރަނީ ހަތް ފިރިހެން ފެތުންތެރިންނެވެ. އަދު އިއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ފެނިގެންދެއެވެ.

މީގެ އިތުރުން 0.5 ކިލޯމީޓަރު ފަތަން ޖެހޭ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރެއެވެ.

މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ތިންވަނަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްވިމިންގ ޓީމުން އިތުރު 3 ޤައުމީ ރެކޯޑް އާކޮށްފި

ފެތުމުގެ ޤައުމީ ދެ ރެކޯޑެއް މިރާލް އަައުކޮށްފި

Big bmqfc0hxiawebzvhvn59ggrcw

ކުޑަގިރީގައި ކެފޭއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ކުޑަގިރި ދޫނިއާ ރެކް ރަސްމީކޮށް ހުޅުވައިލައިފި

TTH_advertisement