ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ: ރައީސް

Big 94VwpB6DUWHjR3n4HjfMOy7i4
ރައީސް ޑރ. މުހައްމަދު މުއިއްޒު — ފޮޓޯ: ރައީސް އޮފީސް

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅިގެން އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށެވެ.

އަދި ކުރިއަށްވުރެ މިހާރު އެންމެން ގުޅިގެން ސަމާހަތްތެރިކަމާއި މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ޤާއިމުކޮށް، އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އެންމެންވެސް ޝާމިލުވާ މުޖުތަަމަޢެއް ޤާއިމުކުރުމަށް ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެ ގޮތުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް، ދިވެހި ޤައުމުގެ ކުރިއެރުމުގައި ދައުރައް އަދާކުރެވިދާނެ ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގުރާމްތައް ދަނީ ހިންގަމުންނެވެ.

މިފަދަ ޕްރޮގުރާމްތަކުގެ ތެރޭގައި ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި ތަމްރީން ޕްރޮގުރާމްތައް ދަނީ ހިންގަމުންނެވެ. އަދި މަސައްކަތު މާޙައުލު އެފަދަ ކުދިންނަށް ފަހިކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެ އިތުރުން ދިވެހި މުޖުތަމަޢަކީ އަމާން ސުލްޙަ ޤާއިމުވެފައި އޮތް ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގައި ހުރި އިޖުތިމާޢީ ބަލިތައް ނައްތާލުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެކި މިޒާޖުތަކުގެ މީހުން އުޅޭކަން ޤަބޫލުކޮށް އެހެން މީހުންނަށް އިޙުތިރާމްކޮށް، ބަލައިގަނެ، އެމީހުންގެ ވާހަކަތައް އަޑު އަހައި އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް