ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އިސްކަންދޭނަން: އެމްއޯސީގެ ރައީސް

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އެންމެ މަތީ ދަރަޖައިގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތްސައްތާރު (ޗަމްޕީ) ދެއްވައިފިއެވެ.

މި މަހު ޢުމާނުގައި ބޭއްވުނު 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 އަށް ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމު ފުރުމުގެ ކުރިން ޖާޒީ ހަވާލުކުރުމަށް ހޭންޑްބޯލް މޯލްޑިވްސްއިން އިންންތިޒާމުކުރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެމްއޯސީގެ ރައީސް ވިދާޅުވީ، ހޭންޑްބޯލް މޯލްޑިވްސްއިން ކޮމަންވެލްތާއެކު ރާއްޖޭގައި ބާއްވަން ރޭވިފައިވާ މުބާރާތަށް އެ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން މިތިބީ މިފަދަ ކަންކަމުގައި އެންމެ މަތީ ދަރަޖައިގެ އެއްބާރުލުން ދޭން ތައްޔާރަށެވެ. އިރާދަކުރެއްވިއްޔާ މިފަދަ އިތުރު މުބާރާތްތައް ބޭއްވޭނެ ކަމަށް ޔަޤީންކުރަމެވެ. ކޮމަންވެލްތް ގޭމްސް ކާމިޔާބުކަމާއެކު ބޭއްވިއްޖެނަމަ، ދިވެހިރާއްޖޭގައި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމުގެ ޤާބިލުކަިލުކަން ހުރިކަން އެހެން ޤައުމުތަކަށްވެސް ސާބިތުވެގެންދާނެއެވެ،” އަބްދުއްސައްތާރު ވިދާޅުވިއެވެ.

އަބްދުއްސައްތާރު އިޝާރާތްކުރެއްވި ކޮމަންވެލްތް ގޭމްސްއަކީ މިއަހަރުގެ ސެޕްޓެމްބަރު 18 އިން 22 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތެކެވެ.

ކުޅުދުއްފުށި ސިޓީއަކީ ކުޅިވަރަށް، ޚާއްޞަކޮށް ހޭންޑްބޯޅައަށް، ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބޭ ސިޓީއެއްކަން ފާހަގަކުރައްވައި، ކޮމަންވެލްތް ގޭމްސް ކުޅުދުއްފުށީގައި ބޭއްވުމަކީ ވަރަށް ބޮޑު އުފަލެއްކަމުގައިވެސް އެމްއޯސީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅިވަރުގެ މިފަދަ ހުރިހާ ކަމަކަށްވެސް ކުޅިވަރު ވުޒާރާއިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެންމެ ކުރީ ސަފުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ހުންނަވައިގެން ކަންކަން މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތައް އަބްދުއްސައްތާރު ފާހަގަކުރެއްވިއެވެ.

މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ފައިދާތަކެއް ލިބި، ސްޕޯޓްސް ޓޫރިޒަމް ތަރައްޤީވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގެސްޓްހައުސްތަކަށްވެސް މީގެ ފައިދާ ކުރާނެއެވެ. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެނި، ރާއްޖެ އިތުރަށް އިސްތިހާރުވެގެންދާނެއެވެ،” އަބްދުއްސައްތާރު ވިދާޅުވިއެވެ.

ކޮމަންވެލްތް މުބާރާތެއް ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކުގައި ބޭއްވިގެންންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުވެ، ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.

މި ބަޔާންކޮށްފައިވާ ކަންތައްތަކުން އެނގިގެންދަނީ، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް އެކަނި ފައިދާކުރާނެ ކަމެއް ނޫންކަމެވެ. މިފަދަ މުބާރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެކަން ޔަޤީނެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމަށް ދައުލަތުގެ އެކި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަކީ ޤައުމީ ތަރައްޤީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

ELL Mobile Advertisement TTH_advertisement