ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުން ނިންމީ މިނިސްޓަރު އަމީންގެ އިތުބާރު އޮތްކަމަށް

Gq lvemaaaaeo a
ޓްރާންސްޕޯޓް މިނިސްޓަރު މުަހައްމަދު އަމީން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި — ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައެއް ފަރާތްތަކުން އަމީނަށް ތުހުމަތުތަކެއް އަމާޒުކުރަމުންދާތީއެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން އިތުބާރު އޮތް ކަމަށް 54 މެންބަރަކު ވޯޓު ދެއްވިއެވެ. އިތުބާރު ނެތްކަމަށް ވޯޓުދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށްބުނެ ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވާފައިވާނީ، ޔުމްނު ވެއްޓުނު މައްސަލައިގައި އަމީންގެ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެތި ހުއްދަ ދެއްވާނެ ކަމަށް ދެންނެވުމަށް ކަމަށެވެ.

އަމީން ވަނީ އިދިކޮޅުން ކުރަމުންދިޔަ އެހެން ތުހުމަތުތައް ވެސް ދޮގުކުރައްވައި، ޖަވާބުދެއްވައިފައެވެ. އަދި އިސްތިއުފާދެއްވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން