ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުދުންތެރި ބަދަހި އާއިިލާ ބިނާކުރުމަކީ ޤައުމުގެ ކުރިއެރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައި، ދިވެހި ޢާއިލާތަކުގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީއާ ހުރި ގުޅުން ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޢާއިލާތަކުގެ ބަދަހިކަމާއި، ފުދުންތެރިކަމާއި، އަދި ދިރިއުޅުމުގެ ފެންވަރު މަތިވުމަކީ ޤައުމުގެ ކުރިއެރުމާއި އުޖާލާ މުސްތަޤުބަލަކާ ސީދާ ގުޅިފައިވާ ކަންކަމެވެ.

ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ އިސްލާމްދީނުގައި ޢާއިލީ ގުޅުންތަކަށް ދެވިފައިވާ މަތިވެރި މަޤާމު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ކޮންމެ ޢާއިލާއަކަށްވެސް ފަހިކަމާއި ފާގަތިކަން އެދިވަޑައިގަތެވެ. މީގެއިތުރުން، ޢާއިލާތަކަށް ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަށް އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް ކަމުގައި ފާހަގަކުރެވެއެވެ. މި މުނާސަބަތާ ގުޅިގެން، މިހާރުގެ ސަރުކާރުން ޢާއިލާތަކުގެ ގުޅުން ހަރުދަނާކޮށް، ބާރުވެރިކުރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައި، މުހިންމު މަޝްރޫޢުތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި:

1. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ ޢާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

2. “ހާލު ކިހިނެއް؟” ގެ ނަމުގައި ރާއްޖޭގެ ޢާއިލާތަކުގެ ޙާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފެށުން. މި ޕްރޮގްރާމް މިހާރު ވަނީ ގިނަ އަތޮޅުތަކެއްގައި ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތްތަކުގެ އަމާޒަކީ ޢާއިލާތަކުގެ ޙާލަތު ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިފަދަ މަސައްކަތްތަކަކީ ޢާއިލާތަކުގެ ދުޅަހެޔޮކަމާއި، އެކުވެރިކަން އިތުރުކޮށް، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރާނެ ކަންކަން ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދަންޑަހިލު
ތިވިދާޅުވާއެއްޗެއް ސާފެއް ނޫން،ފުރަތަމަ ކަމަކަށްވޯރާވެރިންގެ އަތްދަށުން މިޤައުމުސަލާމަތްނުކޮށް ދިވެހިރައްޔިތުން ފުދުންތެރިވާނެގޮތެއް ވިދާޅުވެބައްލަވަ،

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް